Hebe Dhivehi beys

Hebe Dhivehi beys

Share

Bringing Health with Herbal

29/03/2026

މޫސުމީރޯގާ އަދި އިންފުލުއެންޒާ އަކީ ވައިރަސްއެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސްރޯގާގެ ސަބަބުން އާދައިގެ އުދަގޫތަށް ކުރިމަތިވާއިރު މިދެބަލީގެވެސް އުދަގޫތަކާއި އަލާމާތްތަށް ބޭރުފުށުންބަލާއިރު އެއްގޮތްކަމަށްވިއަސް އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެތެރޭގައި ހުން އައުމާއި، ހީކެރުވުމާއި،
ބޮލުގައި ރިހުމާއި، ގައިގައި ރިހުމާއި، ގައިގެ ވަރުދެރަވުމާއި،ކެއްސުމާއި، ހިކި ކެއްސުން ފަދަ އުދަގޫތަށް ތަހައްމަލުކުރަން ދަތިވާކަން ފާހަގަކުރެވެއެވެ. މިބަލި ދިގުލައިފިނަމަ ވަސްނުދުވުމާއި، ބޭރަށްހިންގުމާއި، ނިއުމޯނިއާއި، ސިކުޑިދުޅަވުމާއި، ހިތުގެ ވަށައިގެންވާ ދުލިފަތް ދުޅަވުންފަދަ ކަންތައްތައް ކުރިމަތިވާކަންވެސް ފާހަގަ ކުރެވެއެވެ.
ހެބޭދިވެހިބޭސްގެ ؛ކަފް ސައި އަކީ ރޯގާ އާއި ކެއްސުމަށް ކޮންމެ އުމުރަކަށް ޙާއްސަ ފައިދާހުރި އޭގެ މަންފާ ގިނަބޭފުޅުންތަކެއް ތަޖްރިބާ ކޮށްފައިވާ އަދި ޢުމްރާ އަށް ވަޑައިގަންނަވާއިރު ގެންދަވަންވެސް މަންފާހުރި ސައެކެވެ..
މިސައި ހޯދުމަށް WhatsApp viber މެސެޖް ނުވަތަ ގުޅާލެއްވުމުން މާލެސިޓީ ކޮންމެތަނަކަށްވެސް ޑެލިވަރ ކޮށްދެވޭނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް 9134639 އަށް ގުޅުއްވާ

19/02/2026

ނަބީޒް އަކީ ތިޔަބޭފުޅުންނަށް އަމިއްލަފުޅަށް ގޭގައިވެސް ތައްޔާރު ކޮށްލެވޭނެ ފައިދާހުރި ބުއިމެއް އެގޮތުން رمضان މަހުގައި ނަބީޒް ތައްޔާރުކުރާނެ ގޮތަކީ ފަތިހު 4:00އާއި 7:00 އާއި ދެމެދު ކަންވާރަކަށް ކަދުރު ނުވަތަ ހިކި މޭބިސްކަދުރު މުށްވަރެއް އަޅާ މަތިޖަހާ ބަހައްޓާނީއެވެ.މި ތައްޔާރުކުރުމުގައި ކަދުރާއި މޭބިސްކަދުރު އަދި ރޯކަދުރު އެއްކޮށްގެން ނުވާނެއެވެ.ވަކިން ތައްޔާރުކުރުމުގައި މަށްސަލައެއްނެތެވެ.(ބައެއް ހަކީމުން އިރުޝާދު ދެއްވަނީ މަތިޖެހުމުގައި ވައިބަންދުކުރުމަށެވެ.) 3އޮށް ކަދުރުން ރޯދަވީއްލުމަށްފަހު ފެންތަށި ނުވަތަ ފުޅީގެ ފުލުގައިހުރި ކަދުރު ފެނާއި އެއްވަންދެން ހަލުވާލައްވާށެވެ. ފެންފޮދު ހިއްޕެވުމަށްފަހު ކަދުރުކޮޅު ފަރީއްކުޅުއްވާނީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަބީޒް ތައްޔާރުކޮށްފަ 3 ދުވަސްވަންދެން ހިއްޕަވާ ކަމުގައިވެއެވެ. އޭގެވަހަށް ބަދަލު ނާންނަމަ 3ދުވަހަށް ބެހެއްޓިދާނެއެވެ.
ނޯޓް:މިބުއިން ތައްޔާރުކުރާތާ 14ގަޑި އިރުތެރޭ ވަހަކަށް ބަދަލެެއް އައިސްފައިނުވާކަން ފާހަގަ ކުރަމެވެ. އަދި މިބުއިން ހިއްޕެވުމަށްފަހު ތަރާވީސް ނިމުމުގެ ކުރިން އެއްވެސް ކާއެއްޗެއް ފަރީއްނުކުޅެއްވުމީ އެންމެ ފައިދާހުރި ގޮތެވެ. ކަރުހިއްކާ ކަމުގައިވަނީނަމަ މަދުފެންފޮދެއް ހިއްޕެވިދާނެއެވެ.ހަފުތާކު 4 ދުވަހު ބޭނުންކުރާނަމަ ދިގުމުއްދަތަށް. ބޭނުންކުރުމުގާ މަށްސަލައެއްނެތެވެ.ހަކުރު؛ބީޕީ؛ކޮލެސްޓްރޯލް ؛ހިތުގެ މަށްސަލަތަކަށް ޑޮކްޓަރީ ބޭސް ބޭނުންކުރައްވާ ބޭފުޅުންނަށްވެސް މިބުއިން ހިއްޕެވޭނެއެވެ.އަދި ކިޑުނީގެ ސްޓޭޖް5،4،3, ގެ ބޭފުޅުން އެންމެ ރަގަޅީ މިބުއިން ބޭނުންނުކުރުމެވެ.
މިބުއިމުން ލިބޭ ފައިދާ ތަކުގެތެރޭގައި ފުއްޕާމޭ،ލިވަރ،ސްޕުލީން،ޕެންކުރިއާސް، ކިޑުނީ،އަދި ބުލެޑަރ ސާފްކޮށްދީ ކުޑަކަމުދާ ނިޒާމުގެ މަށްސަލަ އަށްވެސް ވަރަށް މަންފާހުރި ފައިދާ ލިބޭ ބުއިމެކެވެ.އަދި ހަނދާންނެތުން ރަގަޅު ކޮށްދީ ދަސްކުރުމުގެ ބާރު ގަދަކޮށްދޭމެއެވެ.
މި ބުއިމަށް މުސްލިމުން ލޯބިކުރަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާمحمد
رسول الله صلى الله عليه وسلم ގެ ފެވަރައިޓް ބުއިމަކަށް ވީތީއެވެ.

17/02/2026
28/01/2026

ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައި ހުންނަ ވެއިންތަކަށް އާދަޔާއި ޚިލާފު ޕުރެސަރ ބޮޑުވެ ލޭނާރުތަށް ދެމި ފުޅާވެ ފުއްޕަމުން އާދެއެވެ. ފުރަގަސްފަރާތުގެ ބަލިތަކުގެ ތެރޭގައި އާނަލްފިޝަރ، އާނަލްފިސްތުލާ،ހިމޮރޮއިޑްސް ފަދަ ބަލިތަށްވެއެވެ. ފުރަގަސް ފަރާތު ބައެއްބަލިތަށް އޭގެ ދަރަޖަ ތަކަކަށްވެސްދެއެވެ. ފުރަގަސްފަރާތު ބަލިޖެހުމަށް
މެދުވެރިވުމަށް ބެލެވޭ ބައެއް ސަބަބު ތަކުގެތެރޭގައި ބަނޑު ހަރުވުމާއި
ބޮޑުކަމުދާއިރު އާއި ކުޑަކަމުދާއިރު ބާރުލާންޖެހުމާއި ބަރުދަން އިތުރުވެ ފަލަވުމާއި މާބަނޑުވުން ހިމެނޭ މިބަލީގެ
އުދަގޫތަކުގެތެތޭގައި ފުރަގަސްފަރާތު ފޭބުމާއި، ކަހާ ހިރުވުމާއި ބައެއްފަހަރު ލޭ އައުމާއި ތަދުވުން ހިމެނޭ
ފުރަގަސްފަރާތުގެ ގިނަބަލިތަކަށް ﷲގެ ރަހުމަތުން ހެބެ ދިވެހިބޭސް އިން މިދަނީ ކާމިޔާބުކަމާއެކީ ފަރުވާކުރަމުން.
ފަރުވާކުރާނީ ކަނބަލުންނަށް ކަނބަލުން ބޭފުޅުންނަށް ބޭފުޅުންނެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 9134639 އަށް ގުޅުއްވާ

.

24/01/2026

ކަށިތަކުގެ ބާރު ގަދަވެ ހަރުކޮށް ހުރުމުގެ އަސްލު ކަމުގައިވާ ކެލްސިއަމް އާއި އަދި ފޮސްފޭޓް ކޮލެޖިން ޕުރޮޓީން އެއްވެގެން ކަށިތަށް އުފެދެއެވެ . ކަށިތަށް ބިނާކުރުމުގައި އަދި ކަށިތަށް ހެދި ބޮޑުވުމުގައި ކެލްސިއަމް އާއި، ފޮސްފަރަސް އާއި، އެސްޓްރޯޖެން އަދި ޕުރޯޖެސްޓިރޯން ހޯރމޯން ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ކައްޓަކީ އޭގެ ޒާތުގައި ބިނާކުރުމާއި އަދި ހަލާކު ކުރުމުގެ މަސަތްކަތްތަކެއް އޭގެތެރޭގައި ހިންގާ ޓިޝޫއެކެވެ. އެގޮތުން ކަށިފީވުމުގެ މަށްސަލަ ފެށުމުގައި ހޯރމޯން ތަކަށް އަންނަ ބަދަލުތަކާއި ކަށިތަކުގައި އެކުލެވޭ ކެލްސިއަމް އާއި އެނޫން މާއްދާތަށް ވެސް މަދުވުމާއި، އުމުރުންދުވަސްވުމާއި،ބާރުގަދަބޭސްތަށް ބޭނުންކުރުމާއި، ހެލިފެލިވެ އުޅުން މަދުވުމާއި އަދި މިނޫންވެސް ބައެއްކަންކަން ހިމެނޭ. މިގޮތުން ކަށީގެ ސިއްހަތު ދަށްވެފައިވާ ވަގުތެއްގައި ދިފާއީ ނިޒާމް ދަށްވެ ރާއްޖެބަލި މެދުވެރިވެ ޑިސްކް މަށްސަލަޖެހި ހުޅުތަކުގެ އުދަގޫ ދިމާވެއްޖެނަމަ ވޭންބޮޑުވެ މަށްސަލަތަކުން އަރައިގަތުމުގައި ވަގުތު ދިގުލާގެންދެއެވެ.
ކަށީގެ ގިނަ މަށްސަލަތަކަށް ﷲގެ ރަހުމަތްފުޅުން ހެބެ ދިވެހިބޭސް އިން މިދަނީ ކާމިޔާބު ކަމާއިއެކީ ފަރުވާކުރަމުންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 9134639 އަށް ގުޅުއްވާ

29/12/2025

ޕޮލިސިސްޓިކްއޯވަރީ ސިންޑްރޯމް (PCOS)
ބިސްރަވައިގެ ނޫނީ އޯވަރީގައި ބައިވަރު ކުދިކުދި ސިސްޓްތައް އުފެދުމާއި މަށްސަރުކަންތަށް ގަވާޢިދުން ނުޖެހުމާއި މާބޮޑަށް ދިގުލައިދިއުމާއި ދުވަސްވަރުގައި އާދަޔާއި ޙިލާފަށް ގިނައިން ލޭފޭބުމާއި ފިރިހެން ހޯރމޯން އެންޑުރޯޖަން މަތިވުމުން މޫނުގައި އޮށާލި ނެގުމާއި ގައިގެ އެކިއެކި ހިސާބުން އިސްތަށިފެޅުން ހިމެނޭ އަދި ދަރިމައިވުމަށް އުދަގޫވުމާއި ބަރުދަން އިތުރުވުމާއި ބޮލުން އިސްތަށިފެޅުން ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި
ޕީ ސީ އޯ އެސް ގެ އަލާމާތަށް ފެންނަންފަށަނީ ފުރާވަރުގެ 20 އަހަރުގެ ތެރޭ ނުވަތަ ފަހުކޮޅުގައިއެވެ.
ކަނބަލުންގެ މިއުދަނގޫ މަށްސަލައަށް ހެބޭ ދިވެހިބޭސް އިން މިދަނީ ކާމިޔާބު ކަމާއިއެކީ ފަރުވާކުރަމުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށް 9134639 މިނަމްބަރ އަށް ގުޅުއްވާ

18/12/2025

ފިރިހެނުންގެނަސްލު އުފައްދާ ނިޒާމްގެ މުހިންމުރޯލެއް އަދާކުރާ ޕްރޮސްޓޭޓް ގުލެންޑް ދުޅަވުމުގެ ސަބަބުން މަސާނާއިން ބޭރުކޮށްލަން ބޭނުންވާ ކުޑަކަމުދާތަކެތި ހަށިގަޑުން ބޭރުކުރުމުގެ އުދަގޫ އިންތިހާއަށް ބޮޑުވެގެންދެއެވެ. ޕްރޮސްޓޭޓް ދުޅަވެ ކުޑަކަމުދާހޮޅި ފިތޭގޮތްވުމުން ކުޑަކަމުދިއުމަށް އުދަނގޫވެ އަވަސް އަވަހަށް ކުޑަކަމުދިއުމާއި ރޭގަނޑުގައި ތަކުރާރުކޮށް ކުޑަކަމުދާންޖެހުމާއި ދިލަނެގުމާއި މިނޫންވެސް ބައެއްކަންކަން ދިމާވެއެވެ. ޕްރޮސްޓޭޓް ދުޅަވުމުގެ ސަބަބުތަކުގެ ތެރޭގައި ފިރިހެންބޭފުޅުން އުމުރުން ދުވަސްވުމާއި ޓެސްޓޮސްޓްރޯން ހޯމޯން ދަށްވުމާއި އެސްޓްރޯޖަން ހޯމޯން އިތުރުވުމުގެ އިތުރުން އަދި މިނޫންވެސް ބައެއްކަންކަން ހިމެނޭކަމަށް ދިރާސާތަކުންދައްކައެވެ. މިމަށްސަލައަށް ބޭނުންކުރާ ބައެއް ބޭރު ބޭސްތަކުގައި ބޭނުންކޮށްފައި ހުންނަ ކެމިކަލް ކަމްޕައުންޑު ތަކުގެ ސަބަބުން ދެމަފިރިކަމުގެގުޅުމަށްވެސް ވަރަށްބޮޑަށް ހީނަރުކަން ލިބޭކަމަށް ދިރާސާތަކުންދައްކައެވެ.
ފިރިހެންބޭފުޅުންގެ މިއުދަގޫ މަށްސަލައަށް އެއްވެސް ކެމިކަލެއްނުވާ ދިވެހިބޭހުގެ ފަރުވާ ހެބެ ދިވެހިބޭސް އިން މިދަނީ ﷲގެ ރަހުމަތްފުޅުން ކާމިޔާބު ކަމާއިއެކީކުރަމުން. އިތުރު މައުލޫމާތު ހޯދުމަށް 9134639 އަށް ގުޅުއްވާ

08/12/2025

ކަކުލު ހުޅަށް ދިމާވާ ބައެއް މައްސަލަ ތަކުގެ ތެރޭގައި މަޑުކަށި ގޭނުމާއި ލޮނދި ހިކުމާއި މެނިސްކަސް އަދި ޕެޓައްލާ ލިގަމެންޓް އޭސީއެލް ޓިއަރވުމާއި އާރތުރައިޓިސް އަދި ގައުޓް ފަދަ ބަލިތަށް ޖެހުމާއި އިންފެކްޓްވުމާއި .
މަސްތައް ހަރުވެ ކަކޫލެބުމަށް އުދަގޫ ވުމުގެ މައްސަލަތައް ހިމެނެއެވެ
މާލޭ ސިޓީ ގައި ގޭގައި ހުރެގެން ކަކުލު ހުޅުގެ ގިނަ މައްސަލަތަކަށް ކަނބަލުންނަށް ކަނބަލުން އަދި ބޭފުޅުންނަށް ބޭފުޅުން ހެބެ ދިވެހިބޭސް އިން މިދަނީ ﷲ ގެ ރަހުމަތްފުޅުން ކާމިޔާބު ކަމާއިއެކީގަ ފަރުވާ ކުރަމުން.
އިތުރު މައުލޫމާތު ހޯދުމަށް 9134639 މިނަމްބަރަށް ގުޅުއްވާ..

03/12/2025

އާރތުރައިޓިސް އަކީ ހުޅުތަކަށް ދިމާވާ ދުޅައާއި ރިހުމުގެ ބައްޔެކެވެ. މިއީ އެންމެ އާންމުކޮށް ދިމާވާ އެއް ބައްޔެވެ. އާރތުރައިޓިސްގެ ސަބަބުން ހުޅުތަކުގައި ރިހުން، ދުޅަވުން، އަދި ހަރަކާތްކުރުމަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ. މި ބަލި ޖެހުމުން ދާއިމީ ގޮތެއްގައި ހުޅުތަކުގެ ބައްޓަން ބަދަލުވެ، ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރުމަށްވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ހެބެ ދިވެހި ބޭހުން ﷲގެ ރަޙުމަތުން މިދެއްނެވި އާރތުރައިޓިސް އަށް ކާމިޔާބު ކަމާ އެކީގަ ފަރުވާ ކުރަމުންނެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 9134639.

Want your business to be the top-listed Beauty Salon in Male?
Click here to claim your Sponsored Listing.

Category

Telephone

Website

Address

M. Aluvimaage Aage
Male
20002